ޚަބަރު

ކޯވިޑް-19 : ޓާސްފޯހުގެ ޓެންްޓަކަށް ގެއްލުންދިން މައްސަލައެއްގައި ބާރަށުން 3 މީހުން ހައްޔަރުކޮށްފި


ކޯވިޑް-19ގެ ހއ.ބާރަށު ޓާސްކް ފޯހުން އެރަށު ބަނދަރުމަތީގައި ހަދާފައިވާ ޓެންޓަކަށް ބަޔަކު ގެންލުންދިން މައްސަލައިގައި 3 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. ބަނދަރުމަތީ ހަދާފައިވާ ޓެންޓަށް ގެއްލުންދިންކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 2:15 ހާއިރުއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން މިއަދު ހަވީރު 3 މީހުންވަނީ ހައްޔަރުކޮށްފައެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީގުކުރަމުންނެވެ.