މާލެ ސިޓީގައި ފެއަރ ނައިޓްމާކެޓް އަދި މަގުމަތީބާޒާރު ބޭއްވުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްއިން ވިދާޅުވީ، ކޯވިޑް-19 ފެތުރެމުންދާތީ މާލެ ސިޓީގައި މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް މިދުވަސްވަރު ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫންކަމަށެވެ. އެހެންކަމުން ފެއަރ ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު މާލެސިޓީގައި ބޭއްވުން ވަކި ތާރީޚެއް ނެތް ގޮތަށް ފަސްކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުން އަންނަން ކޯވިޑް 19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ބައެއް ކުންފުނިތަކުންވެސް ވަނީ އެ ކުންފުނިތަކުން ފޯރުކޮށްދޭ ޙިދުމަތްތައް ހޯދުމަށް އޮފީސްތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި އާންމުން އެއްވެއުޅޭ ބައެއް ތަންތަން ކަމަށްވާ ދާރުލްއާސާރާއި އެހެނިހެން ބައެއް ތަންތަން ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.