މަސައްކަތެެއް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ހުޅުމާލޭ ބާބަކިއު ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ނެރުނު އިޢުލާނެއްގައި ވިދާޅުވެފައިވަނީ ބާބަކިއު ސަރަހައްދު ބަނދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އެޗްޑީސިން މިހާރުދަނީ އެ ސަރަޙައްދުގައި ހުރި ތަކެތި ނަގާ އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ބާބަކިއު ހެދުމަށް ރާނާފައިވާ ޕިޓްތަކާއި، ގޮންޑިއާއި މޭޒުތައްވެސް ނެގުމަށް ހަމަޖެހިފައިވާކަމަށް އެޗްޑިސިންވަނީ ވިދާޅުވެފައެވެ.
ބާބަކިއު ސަރަޙައްދު އަލުން ހުޅުވާލާނެކަން ނުވަތަ އެ ސަރަހައްދަށް ގެންނާނެ ބަދަލެއް އަދި އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ހުޅުމާލޭ ދެވަނަ ފޭސްއާއި ދިމާލުން މޫދުގައި އަޅާފައިވާ ޑިންގީތައްވެސް އެސަރަޙަދުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ސަރަހައްދު ހުސްކުރަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ މެދުން ކަނޑާފައިވާ ކޯރުގެ މަސައްކަތެއް ކުރުމަށްކަމަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން މިހާރުވެސްދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ބާބަކިއު ސަރަޙައްދަކީ ބާބަކިއުހެދުމަށް ހުޅުމާލޭގެ ރައްޔިތުންގެ އިތުރުން މާލެއިންވެސް ގިނަ އަދަދެއްގެ މީހުންދާ ސަރަޙައްދެކެވެ.