 
										
			ތ.ތިމަރަފުށި ބުލޫނިޔާގެ، އަސީލް އަޙްމަދުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވި ކުއްޖެއްގެ މައްޗަށް ޖުވެނައިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ތާއިދުކޮށްފިއެވެ. 
އަސީލް މަރުވެފައިވަނީ 23 އޯގަސްޓް 2014 ދުވަހުގެ ރޭ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތީގައި ހުއްޓާ ބަޔަކު ތޫނު އެއްޗަކުން އޭނާއަށް ދިން ހަމަލާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. 
އެ މައްސަލަައިގައި ހިމެނޭ 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ދައުވާ އުފުލާފައިވަނީ ޖުވައިނަލް ކޯޓުގައެވެ. އެ ދެ ކުދިންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެން އެ ކޯޓުން ވަނީ އެ ދެ ކުދިން 13 އަހަރާއި 4 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އެ މައްސަލަ ޖުވެނައިލް ކޯޓުން ނިންމީ 2016 ވަނަ އަހަރުއެވެ. 
އޭގެ ފަހުން މިދިޔަ ބުދަ ދުވަހު އެ މައްސަލަގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.