ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރަކަށް
ކުރިން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ހުންނެވި ޑރ މުޙައްމަދު ޒާހިރު
ހުސައިން، އަދި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ކުރިން ސިވިލް ސާރވިސް
ކޮމިޝަނުގެ ރައީސްއަކަށް ހުންނެވި ޑރ މުޙައްމަދު ލަޠީފު، ރައީސުލްޖުމްހޫރިއްޔާ
ހަމަޖައްސަވައިފި.
މީގެ އިތުރުން މިހާރު ހުސްވެފައިވާ ޤައުމީ ޔުނިވަރސިޓީގެ
ވައިސް ޗާންސެލަރގެ މަޤާމަށް ޑރ.އަލީ ފަވާޒު ހަމަޖައްސަވާފައިވާކަމަށް
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ޑރ އަލީ ފަވާޒު މިޤާމަށް ހަމައްސަވާފައިވާއިރު ކުރިން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރަކަށް ހުންނެވި ޑރ
ހަސަން ހަމީދު މިދިޔަ ހަފްތާގައި ވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނަށް ގެނައި އިސްލާޙު މިދިޔަ ބްރާސްފަތި
ދުވަހު ގެޒެޓް ކުރެއްވުމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޔުނިވަރސިޓީއެއް ވަނީ އުފެދިފައެވެ.