ޚަބަރު

މުޒާހަރާގަ ފުލުހަކަށް އަނިޔާކުރި 3 މީހެއްގެ މައްޗަށް ދައުވާކޮށްފި


މޭޑޭގެ މުޒާހަރާގައި ހަތިޔާރު ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިންކަމުގެ ކުށުގެ ތުހުމަތުގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.އިދިކޮޅު ފަރާތްތަކުން މިދިޔަ މޭމަހުގެ އެއްވަނަދުވަހު މާލޭގައި ބޭއްވި މުޒާހަރާއާއި ފުލުހަކަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސ ހުޅުދޫ އިރުވައި އަހްމަދު އުނައިސްއާއި ހަމަ އެރަށު އޮސްޓްރޭލިއާ އިބްރާހިމް އިބާދާއި ގ ފްރެޝްލައިޓް އިބްރާހިމް ރަޝީދްގެ މައްޗަށެވެ.ދައުލަތުގެ ދައުވާގައި ބުނެފައިވަނީ މީގެތެރެއިން އެކަކު ފުލުސް މީހާގެ ބޮލުގައި އޮތް ހެލްމެޓް ނަގާ އެ ހެލްމެޓުން ފުލުސް މީހާއަށް ހަމަލާދީފައިވާކަމަށެވެ. އަދި ދެން ހުރި މިހާ ފުލުސް މީހާ އަތުގައި އޮތް މުގުރު ބުރި ނަގާ އެ މުގުރުން ހަމަލާދީފައިވާކަމަށެވެ. އަދި ތިންވަނަ މިހާ އެނާގެ އަތުގައި އޮތް މޮބައިލް ފޯނަކުން ފުލުސް މީހާއަށް ހަމަލާދީ ފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ ދައުވާ ލިބޭ މީހުންނަށް ވަކީލަކު އައްޔަންކުރުމަށް ފުރުސަތު ދިނުމަށް ފަހުގައެވެ.