މިމަހު ފަހުކޮޅު
ރަސްމީކޮށް ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމަށްޓަކައި ވިހި މީހެއްގެ ފައިގައި
ޓެގް އަޅުވާ މޮނިޓަރ ކުރަމުންދާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ، ޓެސްޓް ކުރުމުގެ މަރުހަލާގައި މިދިޔަ
ހަފްތާގައި ވިހި މީހެއްގެ ފައިގައި ޓެގް އަޅުވާ ޓެކްނިކަލް ގޮތުން ބަލަންޖެހޭ ބައެއް
ކަންކަން ބަލަމުންދާ ކަމަށެވެ.
ޓެގް އެޅުވުމުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު ފައިދާ އަކީ ޓެގް އަޅުވާ ދޫކުރެވޭ
މީހާ ރަށެއްގައި ނުވަތަ ހުރި ތަނެއްގައި ހިނގާ ކުށުގެ އެއްވެސް މާހައުލެއްގައި
ހުރެއްޖެ ނަމަ، އެކަން ދެނެގަނެވޭ ނިޒާމެއް ހަމަޖެހިގެން ދިއުން ކަމަށް ވެސް ހޯމް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން ފައިގައި ޓެގް އަޅުވާފައިވާ
މީހާ ގެއިން ބޭރަށް ނުވަތަ ވަކި ހިސާބަކަށް ދިއުމުން އެކަން މޮނިޓަރ ކޮށް
ބެލޭގޮތަށް އެމީހާ ދިރިއުޅޭ ގެއެއްގައި ރިސީވަރުވެސް ހަރުކުރެވިފައިވާނެ ކަމަށް ހޯމް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ޓެގް އެޅުވުމަށް ހަމަޖެހިފައިވަނީ ކޯޓް އަމުރެއްގެ ދަށުން ގޭބަންދަށާއި ރަށު
ބަންދަށް ދޫކުރެވޭ މީހުންގެ ފައިގައެވެ.