އަތޮޅުތައް

ީޓީއެމްއޭގެ ބޯޓު ވެއްޓުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން


މިއަދު ކަނޑަށް ވެއްޓުނު
ޓީއެމްއޭގެ ބޯޓު ވެއްޓުނީ އެބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން،
އިމަޖެންސީގައި ކުރެއްދޫ ރިސޯޓްގެ ދެމޭލު ބޭރުގައި ޖެއްސުމުގެ ތެރޭގައި ކަމަށް
ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.



މިއަދު ބޯޓު
ވެއްޓުނު ހާދިސާއާ ގުޅިގެން ސިވިލް އޭވިއޭޝަނުން ނެރުނު ޕްރެސް ރިލީޒެއްގައި
ވަނީ މިބޯޓުގައި ތިބި 14 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް
ލިބިފައިނުވާ ކަމަށެވެ. މިއަދު ހަވީރު ފަސްގަޑި ތިރީސް އެހާކަންހާއިރު މިހާދިސާ
ހިނގި އިރު 11 ފަސިންޖަރުންނާއި 3 ކުރޫއިން އެބޯޓުގައި ތިބި ކަމަށް ސިވިލް
އޭވިއޭޝަނުން މައުލޫމާތުދެއެވެ. އަދި މިހާދިސާ މިހާރު އެކްސިޑެންޓް
އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީންނާއި ސިވިލް އޭވިއޭޝަން ގުޅިގެން ތަހުގީގު
ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.



މިކަމާ ގުޅިގެން އެސިސްޓެންޓް
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ޕަބްލިކް ސާރވިސް މީޑިއާ އަށް މައުލޫމާތު
ދެއްވަމުން ވިދާޅުވީ ކަނޑަށް ވެއްޓުނު ޓީއެމްއޭގެ ފްލައިޓްގެ ބޮޑުބައި މިހާރު
ކުރެއްދޫ ރިސޯޓް ކައިރިއަށް ގެންދެވިފައިވާ ކަމަށެވެ.



ސިވިލް
އޭވިއޭޝަންގެ ޤަވާޢިދު ބުނާގޮތުން ވައިގެ މަގުން ހިންގާ އެކްސިޑެންޓް ފަދަ
ޙާދިޞާތައް ތަޙްޤީޤް ކުރާނީ ސިވިލް އޭވިއޭޝަން އޮތޯރިޓީންނެވެ.



މިއަދު
ވެއްޓިފައިވަނީ ޑީ އެޗް ސީ ޑޭޝް 6 މަރުކާގެ ބޯޓެކެވެ.