ހިއުމަން ރައިޓްސް ކޮމިޝަންގެ ތިން މެމްބަރެއްގެ މަޤާމްގެ މުއްދަތު ހަމަވާތީ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމުޙޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ މެމްބަރުކަމަށް ތެއްތިރީސް ފަރާތަކުން ނަން ހުށަހެޅުއްވިކަމަށެެވެ.މަޖިލީހަށް ފޮނުއްވި ނަންފުޅުތަކަކީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަމެވެ.އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެމްބަރު ޖީހާން މުހައްމަދުގެއެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ ސަތާރަ އަށް ހަމަވާނެއެވެ.