ސިޔާސީ ޕާޓީތަކުގައި ތިބި ހުރިހާ މެމްބަރުންނަކީވެސް ފިންގަރ ޕްރިންޓާއެކު
ތިބި މެމްބަރުންނަށް ހެދުމަށް ފިންގަރ ޕްރިންޓް ޖެހުމަށް މުއްދަތެއް ދިނުމަށް
އިލެކްޝަން ކޮމިޝަނުން މަޝްވަރާކުރަން ފަށާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ ސިޔާސީ
ޕާޓީތަކުގެ ޤާނޫނުގައި ޕާޓީތަކުގެ ހުރިހާ މެމްބަރުންގެ ފިންގަރ ޕްރިންޓް
އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އަދި ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި ހުރިހާ މެމްބަރުންގެ
ފިންގަރ ޕްރިންޓް ނެގިފައިނުވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އެހެންކަމުން
ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުންގެ ތެރެެއިން ފިންގަރ ޕްރިންޓް ނެތް
މެމްބަރުންގެ ފިންގަރ ޕްރިންޓް ނެގުމަށް ޕާޓީތަކަށް އެކަށީގެންވަ މުއްދަތެއް
ދިނުމަށް މަޝްވަރާކުރަމުންދާކަމަށް ކޮމިޝަންގެ މެމްބަރ އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ޕާޓީތަކަށް ދޭނެ މުއްދަތެއް އަދި ނިންމާފައިނުވާކަމަށާއި
މުއްދަތެއް ކަނޑައެޅުމުން ޕަޓީތަކަށް އެކަން އަންގާނެކަމަށެވެ.