ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓްތަކުގެ މުވައްޒަފުންނަށް ހިއްސާ ވިއްކުމުގެ މަސައްކަތްތައް މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން ފައްޓަވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލް އަގްވާމީ ކޮންފަރެންސްއަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ އަދީބް ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ގިނަ ރިސޯޓްތަކެއް އެބަހުރި ކަމަށާއި، މުވައްޒަފުންނަށް ވިއްކުމަށް ނިންމާނެ ހިއްސާގެ އަދަދާއި ވިއްކާގެ އަގެއް ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލުތައް އެކުލަވާލުމުގެ ކަންކަން މިހާރު ކުރެވެމުންދާކަމަށެވެ. މިފަދަ ހިއްސާއެއް ވިއްކަން ފަށާއިރު އެކަމަކީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ދިރާސާކުރެވިގެން ކުރެވޭ ކަމަކަށްވާން ޖެހޭ ކަމަށާއި، އެކަށީގެންވާ ގޮތެއްގައި ހިއްސާ ވިއްކުމުގެ މަސައްކަތް ނުކޮށްފިނަމަ އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް، މިނިސްޓަރ އަދީބް ވިދާޅުވިއެވެ.އަދީބް ވިދާޅުވީ ހިއްސާ ވިއްކާނީ ސަރުކާރުގެ ސިޔާސަތުގައިވާ ގޮތުގެ މަތީން ދިވެހި މުވައްޒަފުންނަށް ކަމަށެވެ. އަދި ދުނީޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިސާލު ދައްކަވަމުން، އެމަނުކުފާނު ވިދާޅުވީ، އަމިއްލަ ފަރާތްތަކުންވެސް ރިޒޯޓްތަށް ހިންގާއިރު އެކަމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ނުބާއްވައި، ރިސޯޓްތަކުގެ އިސްވެރިންނާ މަޝްވަރާކޮށްގެން އެކަމަށް އިސްނަގާނެރިޒޯޓްތައް ބަލައިގެން މަސައްކަތް ކުރިޔަށްގެންދަވާނެކަމުގައެވެ.