ޚަބަރު

ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް އިތުރު ބަސް ގެންނަނީ


ހުޅެލެ އެއަރޕޯޓާއި ހުޅުމާލެއާއި
ދެމެދު ދުއްވުމަށް އިތުރު ދެ ބަސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީގެ
ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.



އިބްރާހިމް އަބްދުއްރައްޒާގް
ހަލީމް ވިދާޅުވީ ރޯދަ މަހަށް މި ބަސްތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި
މި ބަސްތަކަކީ ހުޅުމާލެއިން ހުޅުލޭ އެއަރޕޯޓަށް ފުރުމަށްދާ ފަރާތްތަކަށް
ހާއްސަކޮށްގެން ގެންނަ ބަސްތަކެއް ކަމަށާއި އެބަސްތައް ފަރުމާ ކުރެވިފައި ހުންނާނީ
ލަގޭޖް އުފުލޭ ގޮތަށް ކަމަށެވެ.



އިބްރާހިމް އަބްދުއްރައްޒާގު
ވިދާޅުވީ އެމްޓީސީސީއިން މި އަހަރުތެރޭ ޖުމްލަ ހަތަރު ބަސް ގެނައުމަށް
ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކައިރި މުސްތަގްބަލެއްގައި މި ސަރަހައްދުގެ
ދަތުރުފަތުރަށް އިތުރު ދެ ބަސް ގެންނާނެ ކަމަށްވެސް އަބްދުއްރައްޒާގު ވިދާޅުވިއެވެ.