ދިވެހިރާއްޖޭގެ 54ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބައިކް މޯލްޑިވްސްއިން ޚާއްސަ ބައިސްކަލު ބުރެއް ކުރިއަށްގެންގޮސްފިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ މިނިވަން ދުވަހާ ގުޅުވައިގެން މިފަދަ ބައިސްކަލު ބުރެއް ބޭއްވީ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރާއިރު ސިއްޙީގޮތުންނާއި ތިމާވެށީގެ ގޮތުން ތިމާވެއްޓަށް ބައިސްކަލުދުއްވުމުން ކުރާ ހެޔޮ އަސަރާއިމެދު އާންމުން ހޭލުންތެރިކުރުވުމަށް ކަމަށެވެ. އެގޮތުން 60 އަށްވުރެ ގިނަ ބައިސްކަލު ދުއްވުންތެރިން މި ބައިސްކަލު ބުރުގައި ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންނާއި އިސްރަށްވެހިންގެ އިތުރުން ބިދޭސީންވެސް ވަނީ ބައިވެރިވެފައެވެ. އަސްމާ ވަނީ މިއަހަރުގެ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބައިކް މޯލްޑިވްސްގެ ހަރަކާތްތަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
ޤައުމުތަކުގައި ބައިކް މެރެތޯންތައް ބާއްވަން ނިންމާފައިވާއިރު، މިއަހަރު ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ހަރަކާތްތަށް ރާވާފައިވޭ." ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. 200 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އެ ޖަމިއްޔާއިން ގެންދަނީ ހިންގަމުންނެވެ.