ކުޅިވަރު

ކޮމޮރޯސް ބަލިކޮށް ، ބީޗް ވޮލީން މެޑަލްގެ އުއްމީދު ދަމަހައްޓައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ ޓީމުން ކޮމޮރޯސް ބަލިކޮށްފިއެވެ.

އައިއޯއައިޖީގެ ބީޗްވޮލީ ބޯޅަ ޓީމް އިވެންޓުގައި ދިވެހި ޓީމް ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން ދިވެހި ޓީމް މޮޅުވީ 2-1އިންނެވެ. ފުރަތަމަ ޓައި ދިވެހި ޓީމުން ކާމިޔާބުކުރީ 21-19، 14-21 އަދި 10-15އިންނެވެ. މެޗުގެ ދެވަނަ ޓައި ކޮމޮރޯސްއިން ކާމިޔާބުކުރީ 21-12 އަދި 21-18އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ޓައި ދިވެހި ޓީމުން ކާމިޔާބުކުރީ 18-21 އަދި 17-21އިންނެވެ.

ލީގު އުސޫލުން ކުޅޭ ބީޗް ވޮލީ ޓީމް އިވެންޓްގައި މިއަދު ރިޔޫނިއަންއާއި ވާދަކުރި މެޗުން ދިވެހި ޓީމް ބަލިވީ ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ޓައި 15-21 އަދި 14-21އިން ދިވެހި ޓީމް ބަލިވިއިރު، ދެވަނަ ޓައިން ދިވެހި ޓީމް ބަލިވީ 08-21 އަދި 12-21އިންނެވެ.

ލީގު ބުރުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މިވަގުތު އެއްވަނައިގައި އޮތީ މޮރީޝަސްއެވެ. ދެވަނައިގައި އޮތީ ސީދާ ދެ ގޭމުން ކޮމޮރޯސް ބަލިކުރި މޮރީޝައެވެ. މާދަމާ ހެނދުނު ދިވެހި ޓީމް ނިކުންނާނީ މޮރީޝަސްއާއި ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ހޯމަ ދުވަހު ނިކުންނާނީ ސީޝެލްއާއި ދެކޮޅަށެވެ.