ޚަބަރު

ފަތުހު ޖަމާއަތުގެ މައްސަލަ ވަރަަށް އަވަހަށް ޕީޖީއަށް ފޮނުވަނީ


ފަތުހު ޖަމާއަތުން މިދިޔައަހަރު ހައްޖަށް ގެންދާނެ ކަމަށްބުނެ ގިނަބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެއަށް ޚިޔާނާތްރެރިވި މައްސަލައިގެ ތަޙްޤީޤްގެ ބޮޑުބައެއް ނިމިފައިވާކަމަށް ފުލުހުން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ މި މައްސަލައިގައި ފަތުހު ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ނިންމާ ވަރަށް އަވަހަށް ދައުވާކުރުމަށް ހުށައަޅުއްވާނެކަމަށެވެ.މިދިޔަހަރު ފަތުހު ޖަމާއަތުން ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ 125 މީހުންގެ އަތުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ފެންމަތިވުމާ ގުޅިގެން މިމައްސަލަ ޚާއްސަ އިސްކަމެއް ދީގެން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.މިމައްސަލައާ ގުޅިގެން ފަތުހު ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މުސްތަފާ ފުލުހުންގެ ބެލުމުގެ ދަށަށްގެންދިއުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.ފަތުހު ކުންފުނިން ހައްޖަށް މީހުން ގެންދިއުމަށްޓަކައި ދީފައިވާ ކޯޓާއަށްވުރެ އިތުރަށް 100 އަށްވުރެ ގިނަ މީހުންއަތުން މަކަރާ ހީލަތްހަދައިގެން ފައިސާ ނަގާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.އެއަހަރު ފަތުހު ކުންފުނީގެ ބެލުމުގެ ދަށުން ހައްޖަށްދާން ފާއިސާ ދެއްކި 125 މީހުން ހައްޖަށް ގެންގޮސްފައިވަނީ ރައީސުލްޖުމުހޫރިއްޔާގެ ނިންމެވުމުގެ މަތިން ހައްޖު ކޯޕަރޭޝަންގެ ޚަރަދުގައެވެ.މިމައްސަލައާގުޅިގެން ހައްޖަށް މީހުން ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.