ޚަބަރު

ސިފައިން އާދީއްތަ ދުވަހު އަސްކަރީ ތަމްރީނުތަކެއް މާލޭގައި ހިންގާނެ


އަންނަ އާދީއްތަ ދުވަހު ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލޭގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ތަމްރީން ކުރިއަށްދާއިރު ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެކަމަށެވެ. އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 17:00 އަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ބައެއް ޒާތުގެ ގޮވާތަކެތިވެސް ބޭނުންކުރާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ތަމްރީން ޕްރޮގްރާމް އޮންނާނީ މާލެއާއި ހުޅުމާލޭގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ތަމްރީނުތަކަކީ ސިފައިން އާދައިގެ މަތިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެތެރެއިން ޕްރޮގްރާމެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.