ޚަބަރު

އައްޑޫ ސިޓީ ސްކޮއަރ ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީ ސްކޮއަރ ތަރައްޤީ ކުރުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރ ސާފީ މުޙައްމަދު ޙުސައިން ވިދާޅުވީ އައްޑޫ ސިޓީ ސްކޮއަރ ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، މި މަޝްރޫޢުގެ ދަށުން ސިޓީ ސްކޮއަރ ގައި ދިދަ ދަނޑި ޖެހުމާއި ލޭންޑް ސްކޭޕިންގ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ލިންކްރޯޑުގައި ހަދާފައިވާ ސިޓީ ސްކޮއަރ އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ސާކު ސަމިޓަށް ތަރައްޤީކުރި ތަނެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެތަނުގައި ޖަހާފައިހުރި ދިދަ ދަނޑި ވަނީ ނަގާފައެވެ.