ކުށްވެރިން ފައިގަ ޓެގް ހަރުކޮށްގެން ބަލަހައްޓާ މޮނިޓަރކުރުމަށް ވިހި ފަރާތަކުން ކުރިމަތިލާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.ހޯމް މިނިސްޓްރީން ބުނީ މިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި ގިނައީ ރާއްޖޭގެ ކުންފުނިތައް ކަމަށެވެ.ކުށްވެރިން ހަތަރު ކެޓަގަރީއަކަށް ބަހާލައި ހުކުމްގެ އެންމެ ފަހު މަރުހަލާގައި ތިބި މީހުންގެ ތެރެއިން މުޖުތަމައަށް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށް ފާހަގަކުރެވޭ ކުށްވެރިންގެ ފައިގަ ޓެގެއް ހަރުކޮށް އެއީ ވަކި ކެޓަގަރީއެއްގެ މީހުން ކަމަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.ޓެގް ހަރުކުރުމަށް ފަހު އާންމުންގެ ތެރެއަށް އެ މީހުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ. އެ ގޮތުން ވަޒީފާއެއް އަދާކުރުން ލާޒިމްކުރެއެވެ.