މުނިފޫހިފިލުވުން

"މިނިވަން 50 ސަރިންދާ" ގެ ހަރަކާތްތައް ފެށިއްޖެ


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބިލް
މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތައް ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.



މިނިވަން ފަންސާހުގެ ހަރަކާތްތައް ރައީސް ފައްޓަވައިދެއްވީ
ރޭ ހެންވޭރު ދަނޑުގައި "މިނިވަން ފަންސާސް ސަރިންދަ" މި ނަމުގައި
ބޭއްވުނު ފަންނާނުންގެ މިއުޒިކް ޝޯވްގެ ތެރެއިން. އެގޮތުން އެ މަނިކުފާނުވަނީ
އެކަމުގެ ޝަރަފް ލިބިގަތުމުގެ ގޮތުން، ފުއްޕާހަން އެކުލެވޭ ސެޓެއް
ކަނޑުއްވާލެެއްވުމަށްފަހު ވައިގެ ތެެރެއަށް ދޫކޮށްލައްވާފައެވެ. ރޭގެ ޝޯވްގައި
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ލަވަކިޔުމުގެ ދާއިރާގެ ގިނަ ފަންނާނުންގެ
ހަރަކާތްތަކެއް ފެނިގެންދިޔައެވެ.



މަޝްހޫރު އޮލިމްޕިއަަންސް ބޭންޑްގެ ހާއްސަ  ހަރަކާތްތަކާއި، މަޝްހޫރު ލަަވަ ކިޔުންތެރިޔާ
އުނޫސާ، ފަދަ ތަރިންގެ ހުށައެޅުންތައް ފެނިގެންދިޔައެވެ.



ހޯމް މިނިސްޓްރީއާއި، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ގުޅިގެން ބޭއްވި މި ޝޯވްއަކީ މިނިވަން ފަންސާހާއި ގުޅުވައިގެން ސަރުކާރުން
ކުރިއަށްގެންދާ ހަރަކާތްތަކުގެ ފުރަތަމަ ހަރަކާތެވެ. މީގެ އިތުރުން ޖިހާދުގެ
ފެތުމުގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށަކުން ބައިވެރިވާ ފެތުމުގެ ހަރަކާތެއް މި
މަހުގެ ހަަތާވީސް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ކޮންމެ
އަތޮޅެއްގައި އެ އަތޮޅެއްގެ ރައްޔިތުންގެ ބައިވެރިވުން ލިބޭގޮތަށް ކުޅިވަރުގެ
އީދުތަކެއް ބޭއްވުމަށްވެސް ހޯމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މީގެ އިތުުރުން
ކޮންމެ މަހަކުވެސް މުޅި ގައުމުގެ ބައިވެރިވުން ލިބޭފަދަ ބޮޑު އެއް އިވެންޓް ބޭއްވުމަށް
ނިންމާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ރޭ ޝޯވް
ބެލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހެންވޭރު ދަނޑަށް ޖަމާވެފައެވެ.