ގާނޫނީ ވަކީލް އަހަމަދު ނަޖީބް މަރާ ގުޅިގެން މެރުމަށް ހުކުމްކޮށްފައިވާ މ މަސްރޫރާ އަހްމަދު މުއްރަތުގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.ދަށުކޯޓްގައި ކުށަށް އިއުތިރާފްވެފައިވާ އަހުމަދު މުއްރަތުވަނީ އެނާގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކުރުމަށްފަހު ދަށުކޯޓްގައި ވި އިއުތިރާފަށް އިންކާރްކޮށްފައެވެ. އަދި ހައިކޯޓްގައި އޭނާ ބުނަމުން އަންނަނީ އޭނާ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައިގެންކަމަށެވެ.އެހެންމަވެސް ދައުލަތުން ބުނީ ދަށުކޯޓްގައިވެފައިވާ އިއުތިރާފް އަންބުރާ ނުގެނެވޭނެކަމަށާއި އެހެމްކަމުން މުއްރަތު މެރުމަށް ކޮށްފައިވާ ހުކުމަށް ބަދަލް ގެންނަން ނުޖެހޭކަމަށެވެ.ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލުމަށްފަހު ޑަސްބިނަކަށް ލާފާއި އޮއްވާ ފެނުނީ ދެހާސް ބާރަވަނައަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ވަގުތެއްގައެވެ.ނަޖީބްގެ މަރާލިކަން މުއްރަތުގެ މައްޗަށް ސާބިތުވެ އެނާ މެރުމަށް ހުކުމްކޮށްފައިވާއިރު އެ މައްސަލާގައި ހިމެނޭ ށ ގޮއިދޫ ރިހާބް ފާތިމަތު ހަނާގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައެވެ. އޭނާވެސް ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފައެވެ.