ޚަބަރު

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް އެދުމުގެ ފުރުސަތު


މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ 35 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް ބޭއްވުމަށް ޝައުގުވެރިވާ، މާލެ އަތޮޅުން ފެށިގެން ދެކުނުގެ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މިނިސްޓްރީގެ ސާކިއުލާއާއެކު މިކަމަށް އެދޭ ރަށްރަށުން މިކަމަށް އެދި ހުށަހަޅުއްވަން ޖެހޭ ފޯމް ހުރިހާ އަތޮޅުތަކަކަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރަށްވުމާއެކު، މަސްވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ރަށްރަށުން ހުށައަޅުއްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.މަސްވެރިންގެ ދުވަސް މިދިޔަ އަހަރު ފާހަގަކޮށްފައިވަނީ، ޅ.ނައިފަރުގައެވެ.މަސްވެރިންގެ ދުވަހަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މި ސިނާއަތުގެ ތަރައްގީއަށް ކުރައްވަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ފަރާތަތްކުން ކުރައްވާ އަގުހުރި ބުރަ މަސައްކަތްތަކަށް ތަރުހީބު ދިނުމުގެ ގޮތުން ސަރުކާރުން ފާހަގަކުރާ ދުވަހެކެވެ.