ޚަބަރު

މައުލޫމާތު ހާމަކޮށްފައި ބެހެއްޓުމުގެ މިންގަނޑުތައް އެކުލަވާލަނީ


މައުލޫމާތު ހާމަކޮށްފައި ބެހެއްޓުމުގެ އެންމެ ދަށް މިންގަނޑަކާ އެންމެ މަތީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވެއްޖެއެވެ.އިންފޮމޭޝަން ކޮމިޝަނަރ އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މިފަދަ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދަނީ މައުލޫމާތު ހޯދާ ލިބިގަތުގެ ޤާނޫނޫގެ ދަށުން ވީހާވެސް ގިނަ މައުލޫމާތަކީ ފަސޭހައިން ލިބެން ހުންނަ މައުލޫމާތުކަމުގައި ހެދުމަށްކަމަށެވެ. އެގޮތުން ވެބްސައިޓާއި އެހެނިހެން ގޮތްގޮތުންވެސް މައުލޫމާތު ހާމަކޮށްފައި ބަހައްޓަންޖެހޭ އެންމެ މަދު މިންވަރަކާ އެންމެ ބޮޑަށް މައުލޫމާތު ހާމަކުރެވިދާނެ މިންވަރެއް ކަނޑައަޅާ އޮފީސްތަކުގެ ޚިޔާލު ހޯދުމަށް މިހާރު ފޮނުވާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.މައުލޫމާތު ހޯދާލިބިގަތުގެ ޤާނޫނަކީ އާންމުފަރާތްތަކަށްވެސް ސަރުކާރުގެ އޮފީސްތަކުން ހިންގާ މުއާމަލާތްތަކާބެހޭ މައުލޫމާލު ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ ޤާނޫނެކެވެ.