ޚަބަރު

ސިފައިން ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބުނެ ފެތުރެނީ ދޮގުހަބަރެއް


ސިފައިން ރައްޔިތުންނާއި ދެކޮޅަށް ހަތިޔާރު ބޭނުންކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.މިކަމާއި ގުޅިގެން
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މިފަދަ ދޮގު
ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި ރައްޔިތުންނާއި، ސިފައިންނާ އޮންނަ ގުޅުން ހީނަރުކުރުމުގެ މަޤްސަދުގައި
ފަތުރަމުންގެންދާ ދޮގު ޚަބަރުތަކެއް ކަމަށެވެ.