ވިޔަފާރި

ރާއްޖޭން ބޭރުގެ 3 މާކެޓެއްގައި ކަނޑުމަހުގެ އަގު ދަށަށް ހިނގައްޖެ


ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ 3 މާކެޓެއްގައި މަހުގެ އަގު ދަށަށް ހިންގައްޖެއެވެ.

މިގޮތުން ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރާއި، ތައިލެންޑުގެ ބާޒާރު އަދި ސްޕެއިންގެ މާރކަ މެޑްރިޑް މާކެޓުގައި މިދިޔަ ހަފްތާގައި މަހުގެ އަގުވަނީ ދަށްވެފައެވެ.

ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކާފައިވަނީ ތިންސަތޭކަ އަށްޑިހަ ދެ ރުފިޔާ ފަންސާސް ލާރިއެވެ. ނަމަވެސް މި ހަފްތާގައި ލޯބޮޑު ކަންނެލީގެ އަގު އުޅެނީ ދުއިސައްތަ ފަންސާސް ފަސް ރުފިޔާ ސާޅީސް އެއް ލާރިއެވެ. މިއީ ސާޅީސް ނުވައެއް ޕޮއިންޓް ހަތެއް ހައެއް އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަޅުބިލަ މަސް އެކްސްޕޯޓްކުރާ ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގުވެސް މިދިޔަ ހަފްތާގައި ވަނީ ދަށްވެފައެވެ. ތައިލެންޑު ބާޒާރުގައި މިދިޔަމަހު ކަޅުބިލަމަސް ކިލޯއެއް 22 ރުފިޔާ 36 ލާރީގައި އުޅުނުއިރު، މިމަހު ކަޅުބިލަ މަސް ކިލޯއެއް އުޅެނީ 20 ރުފިޔާ 4 ލާރީގައެވެ. މިއީ އެގާރަ ޕޮއިންޓް ފަހެއް ހަތަރެއް އިންސައްތައިގެ ދަށްވުމެކެވެ.

ސްޕެއިންގެ މާރކަ މެޑްރިޑް މާކެޓުގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި ދުއިސައްތަ ފަންސަވީސް ރުފިޔާ ތިރީސް ހަތް ލާރީގައި ހުރިއިރު މި ހަފްތާގައި އަގު އުޅެނީ ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ހަތަރު ލާރީގައެވެ. މިއީ ހަތްދިހަ އަށެއް ޕޮއިންޓް ހަތެއް އަށެއް އިންސައްތައިގެ ދަށްވުމެކެވެ.

ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރާ ރާއްޖޭގެ ރާއްޖޭގެ ކުންފުނިތަކުން އެވްރެޖްކޮށް ފިނިކުރި ކަޅުބިލަމަސް ކިލޯއެއް ގަތީ 20 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ ކަޅުބިލަމަސް ކިލޯއެއް ގަތީ 18 ރުފިޔާއަށެވެ.