ގްރޭޑް އެކެއް ދޭއް އަދި
ތިނެއްގެ އިސްލާމް ދިވެހި ޓެކްސްޓް ފޮތްތައް މާޗް މަހުގެ ތެރޭގައި ލިބެން
ހުންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން
ވިދާޅުވީ މި މަހުގެތެރޭގައި ފޮތްތައް ޗާޕްކޮށް ނިމި އެންމެ ފުރަތަމަ ސްކޫލްތަކަށް
ފޮނުވަމުން ގެންދާނެކަމަށެވެ. މި ތިން ގްރޭޑްގެ ޓެކްސްޓްފޮތުގެ ގޮތުގައި
ސްކޫލްތަކުގައި މިހާރު ބޭނުންކުރަމުންދަނީ ޕްރިންޓްކޮށްފައިވާ ބުކްލެޓްތަކެކެވެ.
އެޑިޔުކޭޝަނުން ވިދާޅުވީ
ސްކޫލް ޓެކްސްޓް ފޮތް ޓިއުޝަނަށާއި، ގޭގައި ފިލާވަޅު ދަސްކުރުމަށް އިތުރު ފޮތް
ދަރިވަރުން ގެންގުޅޭތީ އާއްމުކޮށް ބުކުޝޮޕްތަކުން ލިބޭނެގޮތް ވެސް ހައްދަވާނެކަމަށެވެ.
ގްރޭޑް އެކެއް ދޭއް ތިނެއްގެ
އިސްލާމް ދިވެހި ޓެކްސްޓް ފޮތާއި އެކު އަރަބި ފޮތާއި ޤުރުއާން ފޮތްވެސް ލިބޭނެ
ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި ފޮތްތައް ޗާޕް ކުރަނީ
ނޮވެލްޓީ ޕްރިންޓަރސް އިންނެވެ.