ތަޢުލީމު

ސޯސައިންގެއިން ޔުނިވަރސިޓީގެ ބައެއް ސާމާނުނެރެ އެތަންހުސްކުރަނީ


ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއޮފް އިންޖިނިއަރިންގ ހިނގަމުންދާ ސޯސައިންގެއިން  ޔުނިވަރސިޓީގެ ބައެއް ސާމާނުނެރެ އެތަންހުސްކުރުމުގެ މަސައްކަތްކޮށްފިއެވެ.ފެކަލްޓީ އޮފް އިންޖިނިއަރިންގގައި ބޭނުންކުރާ ބައެއް ސާމާނުތައް ސޯސަންގެއިން މިއަދު ނެރެގެން ގެންދާތަން ފެނިފައިވެއެވެ.ފުލުހުންބުނީ ސޯސަންގޭގައި ހައުސިންގ މިނިސްޓްރީން ކުރަމުންދާ މަސައްކަތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. މިކަމާބެހޭ ގޮތުން ހައުސިންގ މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު ޤައުމީ ޔުނިވަރސިޓީންވެސް މިކަމާބެހޭ ގޮތުން ކޮމެންޓްކުރަން އިއުތިރާޒްކޮށްފައިވެއެވެ.މައުލޫމާތު ލިބޭގޮތުގައި ސޯސަންގޭގައި ހިނގަމުންދާ ޤައުމީ ޔުނިވަރސިޓީގެ އިމާރާތެއް ހުސްކުރުމަށް ސަރުކާރުން ވަނީ ނޯޓިސްފޮނުވާފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީ ހިނގަމުންދާ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރުމަށްވެސް ނޯޓިސް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.