ކުޅިވަރު

އައުޓްސްޑޭންޑިންގް އަރަބް އެތްލީޓްގެ އެވޯޑްވެސް ސަލާހަށް



އައުޓް ސްޓޭންޑިންގ އަރަބް އެތްލީޓްގެ އެވޯޑްވެސް ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.
.
ސަލާހަށް މި އެވޯޑް ހަވާލުކުރީ ބުދަ ދުވަހު ދުބާއީގައި ބޭއްވި ކްރިއޭޓިވް ސްޕޯޓްސް އެވޯޑް ހަފްލާގައެވެ. މި އެވޯޑް ސަލާހާ ހަވާލުކޮށްދެއްވީ ދުބާއީގެ ޕްރިންސް ޝޭޚް ހަމްދާން ބިން މުހައްމަދެވެ. އަންގާރަ ދުވަހު ސެނަގާލްގައި ބޭއްވި ސީއޭއެފް އެވޯޑް ހަފްލާގައިވެސް ސަލާހް ވަނީ އެވޯޑް ހޯދާފައެވެ. އެއީ އަހަރުގެ އެންމެ މޮޅު އެފްރިކަން ކުޅުންތެރިޔާގެ އެވޯޑެވެ.

ބެސްޓް އެތްލީޓްގެ އެވޯޑް ލިބުމަށްފަހު ސަލާހް ބުނީ އެވޯޑާ ލިބުމާއިމެދު ފަހުރުވެރިވާކަމަށާއި ވަކި ވަކި ކުޅުންތެރިންގެ ހުނަރު އަގުވަޒަންކުރާކަން އެނގުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ސަލާހް ވަނީ ނިމިދިޔަ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދީ އަދި ވޭތުވެދިޔަ އަހަރުގެ ވަރލްޑްކަޕަށް މިސްރު ކޮލިފައި ކޮށްދީ، މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.