ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭބަންދުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް ޖަލަށް ބަދަލުކުރީ ނުބައި ލިޔުމަކަށް ބަލައިގެންކަމަށް މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނެފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީޑީގެ ނާއިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ އެޕާޓީގެ ލީޑަރު އަޙްމަދު އަދީބު ގޭބަންދުގައި ހުއްޓާ ޖަލަށް ގެންދިޔައީ ކުރީގެ ލިޔުމަކަށް ބަލައިގެން ކަމަށާއި، ފަހުގެ ލިޔުމުގައި ވަނީ ހަ ހަފްތާއާއި އަށް ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި އަދީބު ގޭގައި ބަހައްޓައިގެން ފަރުވާ ދިނުމަށް ކަމަށެވެ. އަދި އެލިޔުމުގައިވާ މުއްދަތަށް ވުރެ އިތުރަށް އަދީބު ގޭގައި ބަހައްޓައިގެން ފަރުވާދޭން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވިއެވެ.
އެމްޓީޑީގެ ނާއިބު ރައީސް ސާއިފް އަޙްމަދު ވިދާޅުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި އަދީބު އެޑްމިޓް ކުރިއިރު ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ޙާލަތައްބަލާއިރު ގަދަ ހުމެއް ޖެހި ހޮނޑު ލެވުމުގެ އިތުރުން ކުޑަ ކަމުދާ އިރު ލޭ އަންނަ ކަމަށް ޑޮކްޓަރުގެ ލިޔުމުން އެގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސާއިފް ވިދާޅުވި އެވެ.
އެމްޓީޑީން ބުނީ އަދީބުގެ ޞިއްޙީ ޙާލުކޮޅާމެދު ހުރި ކަންބޮޑުވުންތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ޙިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެޕާޓީން ވަނީ އަދީބަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށާ އަދީބަށް ފަރުވާ ކުރުމަށް ޑޮކްޓަރު ދީފައިވާ ލިޔުމަށް ފަރުވާ ކުޑަނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.