ކުޅިވަރު

ކެހިލްއަކީ އަހަރެން ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއެއް ނޫން - ސަރީ


ގެރީ ކެހިލް އަކީ އޭނާ ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއެއް ނޫން ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސަރީ ބުނެފިއެވެ.
އޭނާ ބުނީ ޓީމުގެ ކެޕްޓަން ކުރިއަށް އޮތް ޖެނުއަރީ މަހު ކުލަބު ދޫކޮށްލަންޖެހޭ ކަމަށެވެ. ސަރީ ބުނީ އޭނާ ބޭނުންވަނީ ވަރަށް ޓެކަނިކަލް ފުޓްބޯޅަ ކުޅެންކަމަށާއި އެގޮތުން އެޓީމުގެ ޑިފެންޑަރުން މެޗެއްގައި ސަތޭކަ ޕާހަށްވުރެ އިތުރަށް ޕާސްކުރަން ޖެހޭކަމަށެވެ. އަދި އޭނާ އަކީ ބެންޗުގައި އިންނަ އެންމެ މޮޅު ޑިފެންޑަރަށް ވެދާނެކަމަށްވެސް ޗެލްސީގެ ކޯޗު ބުންޏެވެ.

ސަރީ ބުނީ ޗެލްސީގައި ހުރިހާ ތައްޓެއް ކެހިލް ހޯދާފައިވާ ކަމަށާއި މިހެންވެ ކުޅުންތެރިޔާއަށް އިހްތިރާމްކުރާ ކަމަށެވެ. އެކަމަކު އޭނާގެ ސްޓައިލަށް ނުފެތޭތީވެ ޓީމުން ކެހިލްއަށް ޖާގައެއްނެތްކަމަށްވެސް ސާރީ ބުންޏެވެ.

އޭނާ ބުނީ ކެހިލް އަށް ފުރުސަތު ބަންދުވާ އަނެއް ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތުދޭން ބޭނުންވުން ކަމަށެވެ.