ޚަބަރު

ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން 8 ބޭފުޅަކަށް ލިބިވަޑައިގެންފި


ނޫސްވެރިކަން ކުރިއަރުވާ އެ ދާއިރާގައި ދިގު މުއްދަތެއްވަންދެން ގިނަ ޚިދުމަތްތަކެއްކުރެއްވި 8 ބޭފުޅަކަށް ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަރުވައިފިއެވެ. ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމާއި މިދިޔަ އަހަރު އެކި ދާއިރާތަކުން އެންމެ ފަހަގަކުރެވޭ ނޫސްވެރިންނަށް އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުގެ އަލިމަސް ގަލަން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުއެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ،
* ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
* ހަވީރު ނޫހުގެ ބާނީ ޑރ. މުހައްމަދު ޒާހިރު ހުސައިން
* އާފަތިސް ނޫހުގެ ބާނީ އައްބާސް އިބްރާހިމް
* ކޮލަމިސްޓް (ސީނާ) އަހްމަދު ޒާހިރު
* ހަވީރު ނޫހުގެ ފުރަތަމަ އެޑިޓަރު އަބްދުﷲ ސާދިގު (ސޯދުބެ)
* ހަވީރު ނޫހުގެ ފުރަތަމަ މެނޭޖިންގ އެޑިޓަރު (ކޮޕީ) މުހައްމަދު ރަޝީދު
* އަލްއުސްތާޛް އިބްރާހިމް ރަޝީދު މޫސާ
* ކޮލަމިސްޓު އަބްދުﷲ ފާރޫގު ހަސަން

މީގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ވަނީ އަށް ބޭފުޅަކަށް އަރުވާފައެވެ.
އަލިމަސް ގަލަން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
* ހަވީރުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު
* އާފަތިސް ނޫހުގައި މަސައްކަތްކުރެއްވި އަބްދުﷲ ނައީމް އިބްރާހިމް
* މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް
* މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
* މުހައްމަދު ސައީދު މޫސާ ވަޖުދީ
* ހޯރަފުށި މުހައްމަދު ސަލީމް
* ސަން އޮންލައިނުގެ އެޑިޓަރ އިން ޗީފް (ހިރިގާ) އަހްމަދު ޒާހިރު
* ވީމީޑިއާގެ އެޑިޓަރ އިމާދު ލަތީފް

ނޫސްވެރިކަމުގެ ރަން ގަލަން ވެސް ނުވަ ބޭފުޅަކަށް އަރުވާފައިވެއެވެ.
އެ ނުވަ ބޭފުޅުންނަކީ
* އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު
* ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް
* މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު
* މިހާރު ނޫހުގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން
* ސަން އޮންލައިނާއި
* ވީނިއުސް އަދި އަވަސް ނޫހުގެ އެޑިޓަރުކަން ކުރެއްވި މުންޑޫ އާދަމް ހަލީމް
* ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ
* ސީއެންއެމްގެ ބާނީ އިސްމާއީލް ރަޝީދު
* ހަވީރު ނޫހާއި މިހާރުނޫހުގެ ސީނިއާ އެޑިޓަރުކަން ކުރެއްވި އަޙްމަދު ޢަބްދުﷲ ސައީދު
* މިހާރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު ހަސަން އާމިރު

މީގެ އިތުރުންވެސް ނޫސްވެރިކަމުގެ ދާއިރާއިން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ނޫސްވެރިންނަށްވެސް ނޫސްވެރިކަމުގެ އެވޯޑް ހަވާލުކޮށްފއިވެއެވެ.