ޚަބަރު

ބެޔަސް ނުބެޔަސް ސްކީމަށް ތަރުހީބު ކުޑަކަމުން ސަރވޭ ކުރަނީ


ބެޔަސް ނުބެޔަސް ސްކީމަށް ތަރްހީބު ކުޑަވުމުން އެސްކީމުގެ އުސޫލްތައް ބަދަލުކުރުމަށްޓަކައި، މަސްވެރިންނަށް ލިބޭ އާމްދަނީއާއި ޚަރަދުގެ ސަރވޭއެއް މިއަހަރުގެ ތެރޭގައި ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.އެމިނިސްޓްރީން ބުނީ މިސާރވޭ ކުރިއަށް ދިއަޔަސް މިހާރު ކުރިއަށްދާ އުސޫލުން ބެޔަސް ނުބެޔަސް ސްކީމް ކުރިއަށް ގެންދާނެކަމަށެވެ. އަދި މި ސާރވޭގައި މަސްވެރިން މިސްކީމްގައި ބައިވެރިވުމަށް ފަސްޖެހޭ ސަބަބު ބަލާނެކަމަށާއި ބައެއް ފަރާތްތަކުން ސްކީމްގައި ދައްކަންޖެހޭ ފައިސާ ގިނަވުމުން އެކަމުގެ ޝަކުވާކުރަމުންދާކަމަށެވެ.މި ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވަނީ އެއް އުޅަނދުން ވިހި މަސްވެރިން. މި އުޅަނދަށް ދެ ފަހަރެއްގެ މަތީން ފައިސާދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެއްޖެ ނަމަ ފައިސާ ދޫކުރަނީ ބެޔަސްނުބެޔަސް ސްކީމްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށެވެ. މި ސްކީމްގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮވެގެން މަސްވެރިކަން ކުރާ ދޯނިތަކަށާއި އެ މިނިސްޓްރީން ވިއްކަމުން އަންނަ ވެސަލް ލޮކޭޓިން ޑިވައިސް ހަރުކޮށްފައިވާ މަސްދޯނިތަކަށެވެ. އަދި އެ ސްކީމްގައި ބައިވެރިވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން އެ ދޯންޏަކުން މިނިސްޓްރީއަށް ފައިސާ ދައްކަން ޖެހެއެވެ.