ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތްތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި


މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މިއަދު ވަޑައިގެން އޭވިއޭޝަން ސެކިއުރިޓީ ގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލައްވާ، އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްތަކާއި ގުޅޭ ޑިފެންސް މިނިސްޓަރ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި އެތަނުން ޚިދުމަތްދިނުމުގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. މީގެއިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ކޮމާންޑުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިދާރި ބައިގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި އިދާރީ މުވައްޒަފުންނާއިވެސް ބައްދަލުކުރައްވާފައެވެ.