ޚަބަރު

ނައިބު ރައީސް މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އޭ.ޑީ.ކޭ. ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިޒިޔާރަތަކީ އެހޮސްޕިޓަލް ތަކުގެ އެކި ޑިޕާރޓްމަންޓް ތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ މީގެ އިތުރުން މާދަމާ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ދެ ހޮސްޕިޓަލަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.