އިންޑިއާގެ އަސްކަރިއްޔާއާ މިސަރަހައްދުގެ ބައެއް ޤައުމުތަކާ ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީން "އެކްސަސައިޒް ދޯސްތީ-14" ގައި ބައިވެރިވާ އިންޑިއާއާއި ސްރިލަންކާގެ މަނަވަރުތައް މިހާރު ރާއްޖެއައިސްފައިވާކަމަށާ، މި ހަރާކަތުގައި 3 ޤައުމުގެ 200 އަށްވުރެ ގިނަ އަސްކަރީ އޮފިޝަލުން ބައިވެރިވާނެކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދާ "ދޯސްތީ-14"ގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އަދި މި ހަރަކާތައް ތައްޔާރުވުމުގެ ގޮތުން ފައިނަލް ޕްލޭނިންގ ކޮންފަރެންސެއް ކޯސްޓްގާޑު ބިލްޑިންގގައި މިއަދު ބާއްވާފައިވެއެވެ.
ދޯސްތީގެ ހަރަކާތްތަކަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިފަހަރުގެ ހަރަކާތުގައި އިންޑިއަން ކޯސްޓްގާޑް ޝިޕް "ސަމަރު" އާއި އިންޑިއަން ކޯސްޓްގާޑް ޝިޕް "އާރޔަމަން"ގެ އިތުރުން އިންޑިއަން ކޯސްޓްގާޑް ޑޯނިއަރ މަތިންދާބޯޓަކާއި، އިންޑިއަން ކޯސްޓްގާޑް ޝިޕް "ސަމަރު" ގެ އޮން ބޯޑު ހެލިކޮޕްޓަރެއް ބައިވެރިވާނެކަމަށެވެެ. އަދި ސްރީލަންކަން ކޯސްޓްގާޑް ޝިޕް "ޝުރަކްޝާ"ގެ އިތުރުން ރާއްޖޭގެ ފަރާތުން ކޯސްޓްގާޑު ޝިޕް ހުރަވީ މި ހަރަކާތުގައި ބައިވެރިވާނެކަމަށެވެ.
ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.
"ދޯސްތީ-14"ގައި ރާއްޖޭގެ ފަރާތުން އިސް ކޮމާންޑަރެއްގެ ގޮތުގައި ބައިވެރިވާ މޭޖަރ ރިޒްމީ ވަލީދު ވިދާޅުވީ، މިފަހަރުގެ ހަރަކާތްވެސް ކުރިއަށްގެންދާނީ ކަނޑުފޭރުމާއި، ކަނޑަށް ތެޔޮއެޅުން ފަދަ އިންޑިއާ ކަނޑުގައި މިހާރުވެސް ހިނގާ ޙާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި، އެފަދަ ޙާދިސާތައް ހިނގުން މަދުކުރުމަށްޓަކާ ސަލާމަތީގޮތުން އެޅިދާނެ ފިޔަވަޅުތައް ޢަމަލީގޮތުން ތަޖުރިބާކުރެވޭނެހެން ކަމަށެެވެ.
މޭޖަރ ރިޒްމީ ވަލީދު ވިދާޅުވިއެވެ.
އެކްސަސައިޒް ދޯސްތީއަކީ އިންޑިއާ ކަނޑުގައި ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ. 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި، އިންޑިއާ ގުޅިގެން ހިންގާ މި ހަރަކާތުގައި ސްރިލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުއެވެ. މިއީ ރާއްޖެއާއި، އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާކޮށް، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.