ޚަބަރު

އައްޑޫ ސިޓީ ކައުންސިލާ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި


އައްޑޫ ސިޓީ ކައުންސިލާ އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި އައްޑޫސިޓީ ކައުންސިލުގެ އިތުރުން އައްޑޫގެ ސްކޫލްތަކުގެ އިސްވެރިން ވަނީ ބައިިވެރިވެވަޑައިގެންފައެވެ. މި ބައްދަލު ކުރެއްވުމުގައި އައްޑޫގެ ސްކޫލުތަކުން ވަނީ ސްކޫލުތަކަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު މިނިސްޓަރާއި ހިއްސާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒު ކުރުމަށް އެ ސްކޫލުތަކުން ކުރެވެން ހުރި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސްކޫލް ތަކުން ވަނީ ދީފައެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ރައްޔިތުންގެ އެ އިދާރާއަށް ހުށައަޅާފައިވާ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓަރާއި ހިއްސާ ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރ އައްޑޫސިޓީ އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އައްޑޫގެ ސްކޫލްތަކުގައި ޙަރަކާތްތެރިވާ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އައްޑޫގެ ގިނަ ސްކޫލްތަކުގެ ވެރިންގެ އިތުރުން ޓީޗަރުން އަދި ބެލެނިވެރިންނާވެސް މިނިސްޓާރ ވަނީ ބައްދަލު ކުރައްވާފައެވެ.