 
					
									
			މިއަހަރުގެ ސްކޫލްތަކުގެ ކިޔެވުން ނިންމައި ދަރިވަރުންނާ ރިޕޯޓްފޮތްތައް ޙަވާލުކޮށްފިއެވެ. 
އެޑިއުކޭޝަން މިނިސްޓްރީން ޢާންމުކޮށްފައިވާ 2019ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާގޮތުން، 2019ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ. އަދި ހަޔަރ ސެކަންޑްރީ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުއެވެ. 
 
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ހަޔަރ ސެކަންޑްރީ ކުދިންގެ ކިޔެވުން ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. 
 
މިއަހަރަކީ ތައުލީމީގޮތުން ގިނަ ކުރިއެރުންތަކެއް ސްކޫލްތަކަށް ލިބިފައިވާ އަހަރެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ކުރެވިފައިވަނީ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާ ޓީޗަރުންނަށް ކިޔަވައިދިނުމުގެ އޮނިގަނޑުފަސޭހަކޮށް ޑިޖިޓަލައިޒް ކުރުމުގެ ބޭނުމުގައި ސަރުކާރުން ވަނީ ޓެބްލެޓްތަކެއް ހިލޭ ދީފައެވެ. މީގެ އިތުރުން ދަރިވަރުން ތިމާވެއްޓަށާއި ރާއްޖޭގެ ފަރުތަކަށް ލޯބިޖެއްސުމުގެ ގޮތުން ފަރުކޮއިގެ ނަމުގައި ވަނީ ޕްރޮގްރާމްތަކެއް ރާއްޖޭގެ ހުރިހައި ސްކޫލްތަކަކަށް ކުރިޔަށް ގެންގޮސްފައެވެ. 
އަދި މީގެއިތުރުން ގްރޭޑް 1 2 3 ގެ ނަމުގައި އާ މަންހަޖެއް ތަޢާރަފްކޮށް އާމަންހަޖަށް ކިޔަވައިދިނުމުގެ މަސްތްކަތް ވަނީ 2018ވަނަ އަހަރުގެ ތެރޭގައި ފަށައިފައެވެ. އަދި މި މަންހަޖުގެ ތެރެއިން މިއަންނަ 2019ވަނަ އަހަރު ފެށޭއިރު މިހާރު ކީ ސްޓޭޖް 4 އަދި 5  ތައާރަފް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.