ވިޔަފާރި

"ޖެނެޓް"ގެ 25 އުފެއްދުމެއް އައްޑޫ ސިޓީއަށް ތަޢާރަފު ކޮށްފި


ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ބްރޭންޑް، "ޖެނެޓް"ގެ 25 އުފެއްދުމެއް އައްޑޫ ސިޓީއަށް ތަޢާރަފު ކޮށްފިއެވެ.

މި ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާރކެޓްކުރާ "ޖެނެޓް އެމްވީ" ކުންފުނިން ބުނީ އައްޑޫ ސިޓީން މި ބްރޭންޑުގެ އުފެއްދުންތަކައް އޮންނަ ޑިމާންޑު ބޮޑުކަމަށާއި މިހާރު ހިތަދުއާއި ފޭދޫން މި އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.

އައްޑޫ ސިޓީން މި އުފެއްދުންތައް ލިބޭނީ ހިތަދޫ ހުއްބި ފިހާރަ އާއި، އާގަލާ މާޓާއި، އައްޑޫ ސިޓީ ފޭދޫ އީޒީ އެކްސް ފިހާރައިން ކަމަށް ޖެނެޓް އެމްވީ ކުންފުނިން ބުނެއެވެ. އެކުންފުނިން މިހާރު ވަނީ އެކުންފުނީގެ ފޭސްބުކް ޕޭޖް "ލިބޭ" މެދުވެރިކޮށް އައްޑޫ ސިޓީގައި ޖެނެޓްގެ އުފެއްދުންތައް ހިލޭ ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތްވެސް ފަށާފައެވެ.

"މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތީ، ޖެނެޓް ބްރޭންޑުގެ، 'ފެއަރނެސް ފޭސް ވޮޝް' އާއި، 'ޕަޕާޔާ ނޯމާކް ޓްރީޓްމަންޓު'، 'ފެއާނެސް ކްރީމް އަދި ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއަރ ފޯލް ޓްރީޓްމަންޓް ތެޔޮ، ޝޭމްޕޫ އަދި ކޮންޑިޝަނަރ' " ޖެނެޓް އެމްވީގެ އޭޖެންޓު ބުންޏެވެ.

އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެއާއި، މާލެއާއި، ލ އަތޮޅާއި، ފުވައްމުލައް ސީޓީންވެސް ޖެނެޓްގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ޖެނެޓް އެމްވީ ގެ ޢަމާޒަކީ ކުރިޔަށްއޮތް ތާނގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަށް ޖެނެޓް ގެ އުފެއްދުންތައް ޑިސްޓްރިބިއުޓްކޮށް މާރކެޓްކުރުން ކަމަށް އެކުންފުނިން ބުނެއެވެ.

ޤުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން ތަފާތު އުފެއްދުންތައް އުފައްދަމުން އަންނަ "ޖެނެޓް" ކުންފުންޏަކީ ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެކެވެ. މީހުންގެ މަޤުބޫލުކަން މައިގަނޑު ގޮތެއްގައި ލިބެނީ އިސްތަށިގަނޑާއި ހަންގަނޑަށް ޢަމާޒު ކޮށްގެން އުފައްދާފައިވާ އުފެއްދުންތަކުން ކަމަށް ޖެނެޓުން ކޮށްފައިވާ ދިރާސާތަކުން އިގެއެވެ.