ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑު ޙާޞިލު ކުރި 41 ދަރިވަރަކަށް އެވޯޑު ޙާވާލުކޮށްފިއެވެ.
ޏ.އަތޮޅު ތަޢުލީ މަރުކަޒު ހޯލުގައި ރޭ ބޭއްވި މި ޙަފުލާގައި ފުވައްމުލައް ސިޓީގެ ޕްރައިމަރީ އަދި ސެކަންޑަރި ސްކޫލްތަކުން ހޮވުނު އެންމެ ރަނގަޅު 41 ދަރިވަރަކަށް ސިތާނާ ސްޓޯރ ޓޮޕް އެޗީވާރސް އެވޯޑާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމުގެ އިތުރުން ސިތާނާ ސްޓޯރ ފްރެންޑްސް ކާރޑް ވަނީ ޙަވާލުކޮށްފައެވެ.
ދަރިންވަރުންނަށް ހަދިޔާކުރި ސިތާނާ ސްޓޯރ ފްރެންޑްސް ކާރޑް ބޭނުން ކޮށްގެން ސިތާނާ ސްޓޯރާއި އަސްރަފީ ސިތާނާ ބުކްޝޮޕުން %20 އާއި ހަމައަށް ޑިސްކައުންޓް ލީބޭ މިކާރޑް އެކުދިން ގްރޭޑް 12 އިގެ ކިޔެވުން ނިމެންދެން ބޭނުން ކުރެވޭނެކަމަށްވެސް ސިތާނާ ސްޓޯރއިން މަޢުލޫމާތު ދެއެވެ.
މިޙަފުލާގައި ފުވައްމުލައް ސިޓީގެ ޕްރައިމަރީ އަދި ސެކަންޑަރީ ހުރިހާ ސްކޫލަތަކާއި ސިތާނާ ސްޓޯރއާއި ދެމެދު އެމްއޯޔޫއެއްގަވެސް ވަނީ ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި ސޮއި ކުރެވުނު ތަކެތި ރަމްޒީކޮށް ސްކޫލްތަކާއި ޙަވާލުކޮށްދެއްވީ ސިތާނާ ސްޓޯރ އަދި އަސްރަފީ ސިތާނާގެ ޖެނެރަލް މެނޭޖަރ ޙަސަން ޢަބްދުﷲ ދީދީ އެވެ. މި އެމްއޯޔޫއަކީ 2019 ވަނަ އަހަރު ފުވައްމުލަކު ސްކޫލްތަކަށް އަދި ސްކޫލްތަކުގެ ޕީޓީއޭ އަށް ސިތާނާ ސްޓޯރއިން ދިނުމަށް ހަމަޖެހިފައިވާ އެކިއެކި އެހީތަކާއި ގުޅޭގޮތުން ސޮއިކުރެވުނު އެމްއޯޔޫއެކެވެ.
ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑަކީ 2012 ވަނަ އަހަރުން ފެށިގެން ސިތާނާ ސްޓޯރުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ހޮވޭ އެންމެ ރަނގަޅު ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
ސިތާނާ އަކީ ފުވައްމުލައް ސިޓީގައި މާޓް، ހާޑްވެއަރ އަދި ސިތާނާ އަސްރަފީ ނަމުގައި ބުކްޝޮޕެއްވެސް ހިންގާ ފަރާތެކެވެ.