ޚަބަރު

އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ބުރިޖު ބަންދުކުރަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ހަވީރު ސިނަމާލެ ބުރިޖު ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާގުޅިގެން މިއަދު މެންދުރުފަހު 3:15 އިން ފެށިގެން ހަވީރު 4:15 އަށް އަދި ހަވީރު 5:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ސިނަމާލެ ބުރިޖު އެއްގަމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތައްފަހު ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު ރާއްޖެއަންނަ ޤައުމީ ޓީމަށް މަރުޙަބާ ކިއުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށްއެޅި ކޯޑް އެފް ރަންވޭގައި ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ ޤައުމީ ޓީމް ގޮވައިގެން ރާއްޖެ އަންނަ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް އެއަރކްރާފްޓް އެއަރބަސް އޭ-380 މަރުކާގެ މަތިންދާބޯޓެކެވެ.

މި ބޯޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާނީ މިއަދު މެންދުރުފަހު 3:30 ގައެވެ.