ރައީސުލްޖުމްހޫރިއއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވަޢުދުތަކެއްގެ އުފާވެރި ޚަބަރު 7 ސެޕްޓެމްބަރުގައި އެމަނިކުފާނު ހާމަކުރައްވާނެކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީ.ޕީ.އެމުން ބުނެފިއެވެ.
ޕީ.ޕީ.އެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރާއްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، މި ފަސްއަހަރެކޭ އެއްފަދައިން ކުރިއަށް އޮތް 5 އަހަރުގެ ތެރަށްވެސް ރައީސްޔާމީން ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީއަށް މުހިއްމު ވަޢުދުތަކެއް ވެވަޑައިގަންނަވާނެކަމަށެވެ.
އެގޮތުން މިހާރު ރަށްރަށަށް ކުރައްވަމުންގެދަވާ ދަތުރުފުޅުތަކުގެ ތެރެއިންވެސް މުހިންމު ސިޔާސަތުތަކެއް އެމަނިކުފާނު އިޢުލާންކުރައްވަމުންގެންދަވާކަން ނިހާން ވިދާޅުވިއެވެ. ސެޕްޓޭމްބަރު މަގުގެ ހަތް ވަނަ ދުވަހުގެ ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ދަޢުވަތުދެއްވައިގެން މާލޭގެ ކާނިވާ ސަރަޙައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާކަން ނިހާން ފާހަގަކުރެއްވިއެވެ.
ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ޕީ.ޕީ.އެމްގެ ބޮޑުޖަލްސާތައް ނުބޭއްވި ދުވަސްތަކެއް ވެގެންދިޔައީ ބްރިޖާގުޅިގެން ހަދާ މާލޭގެ މަގުތައް ހަދަމުންދާތީކަމަށެވެ. އަދި ސިނަމާލެ ބްރިޖް ހުޅުވި ބްރިޖް ފެންނަ ހިސާބުގައި ކާނިވާ ސަރަހައްދުގައި ބާއްވާ މިޖަލްސާ ޚާއްސަވެގެންދާނެކަން ނިހާނު ފާހަގަކުރެއްވިއެވެ. ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނަރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޔާމީން އެމަނިކުފާނުގެ މެނިފެސްޓޯ ހާމަކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވީވާވެސް ބޮޑަށް ބަލައިގަނެވޭގޮތަށް ފަސޭހައިން ފަހުމުވާގޮތަށްކަމަށާ، އިދިކޮޅު ކެނޑިޑޭޓާއި ރައީސް ޔާމީންގެ ތަފާތަކީ އެއީކަމަށެވެ.
ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބާއްވަން ބޭނުންވާ ސިޔާސީ ޙަރަކާތްތައް ބާއްވަން ސަރުކާރުން ހުރަސް ނާޅާކަމަށާ، ޖަލްސާތައް ބާއްވަން ދަރުބާރުގެ ދޫކުރުމުން ޖަލްސާތައް ނުބާއްވަނީ ތާޢީދުނެތުމުންކަމަށްވެސް ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނަރަލް ވިދާޅުވިއެވެ.