ލައިފް ސްޓައިލް

2ވަނަ ބޮޑު ހަނގުރާމައިގައި ބިންގަރާހެއް، މިހާރު ފަތްޕިލާވެލި އުފައްދާ ދަނޑެއް


"ގްރޮއިން އަންޑާ ގްރައުންޑް"އަކީ ދެކުނު ލަންޑަންގެ ކްލެޕްހޭމް ސަރަހައްދުގައި ބިމުގެ 33 މީޓަރު އަޑީގައި ހަދާފައި ބިންގަރާހެއްގައި ހިންގާ ފަތްޕިލާވެއްޔަށް ހާޢްސަ ދަނޑުވެރިކަން ކުރާ ތަނެކެވެ. ނަމަވެސް މިބިންގަރާހަކީ އެންމެ ކުރިން ދަނޑުވެރިކަމަށް ބޭނުންކުރިތަނެއް ނޫނެވެ. މިއީ 2 ވަނަ ބޮޑުހަނޑުރާމައިގައި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި ޝެލްޓަރއެކެވެ.
2 ވަނަ ބޮޑު ހަނގުރާމައަށްފަހު ހުސްކޮށް އެތައް ދުވަހެއް ވަންދެން އޮތުމަށްފަހު މިތަނުގައި ހަޑްރޯފޯނިކްސް ނުވަތަ ވެލީގެ ބަދަލުގައި ފެން އަދި އިންސާނުން އުފައްދާފައިވާ ހާއްސަ ވެލި ކާޕެޓްތަކުގައި ފަތްޕިލާވެލި އުފައްދަން ފެށީ 2012ވަނަ އަހަރެވެ.

މިތަނުގައި ހައްދާ ފަތްޕިލާވެލީގެ ތެރޭގައި ޕީ ޝޫޓްސް އަދި މަސްޓާޑް ފަތްވެސް ހިމެނެއެވެ. އާންމުކޮށް ދަނޑުވެރިކަން ކުރެވޭނީ އިރުގެ އަލި އަދި ވެލި ހުންނަތަންތަނުގައެވެ. ނަމަވެސް ބިމުގެ އަޑީގައި ހުންނަ މިތަނުގައި ފަތްޕިލާވެލި އުފައްދަނީ މިކަމަށް ހާއްސަކޮށްފައިވާ ފެން، ވެލި ކާޕެޓް އަދި ލައިޓް ބޭނުންކޮށްގެނެވެ.
މިގޮތުން މިތަނުގައި އުފައްދާ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހާއްސަ އާރޓިފިޝަލް ސޮއިލް ބެޑް، އެލްއީޑީ ލައިޓްސްގެ އިތުރުން ފަތްޕިލާވެލި އުފެއްދުން އަވަސްކޮށް، ހަށިގަނޑަށް ފައިދާކުރާ މާއްދާތައް އިތުރުކުރުމުގެ މަޤްސަދުގައި މިތާ އުފައްދާ އެއްޗެއްސަށް ބެނުންކުރަނީ ހާއްސަ މާއްދާތައް ހިމެނޭ ފެނެއްވެސްމެއެވެ.

މިތަނުގަ ހައްދާ ފަތްޕިލާވެލީގެ ބާވަތުގެ އޮއް އިންދާ، ގޮވާންކޮށް އަދި ޕެކްކުރަނީވެސް މިތަނުގައެވެ.
"ގްރޮއިން އަންޑާ ގްރައުންޑް"ގައި ދަނޑުވެރިކަން ކުރާ އިރު މޫސުމީ އަދި އެހެނިހެން މަސައްލަތަކުގެ ފުރުސަތު ނެތުމުން ދަނޑުގޮވާންކުރުމުގައި ދަތިތަކާ ކުރިމަތި ނުވުމީ ވަރަށް ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި މިތަން ހިންގާ ފަރާތުން ބުނެއެވެ.
މޫސުމީ އަދި އެހެން މައްސަލަތަކާ ކުރިމަތި ލާންނުޖެހުމުގެ ސަބަބުން މިތަން މެދުވެރިކޮށް ކޮންމެ މަހަކު މަދުވެގެން 2 ޓަނުގެ ފަތްޕިލާވެލި ހައްދާ މާރކެޓަށް ނެރެއެވެ.

މިތަނުގެ އުފެއްދުންތައް ލަންޑަންގެ އެކި ފިހާރަތަކުގައި ވިއްކަން ހުރެއެވެ. މިގޮތުން މަޝްހޫރު އެމް އެންޑް އެސް އަދި ހޯލް ފުޑްސްގަވެސް މިތަނުގައި ތައްޔާރުކުރަ ފަތްޕިލާވެލި ވިއްކައެވެ.
މިތަނުގެ ތާރީހަށް ބަލާލާއިރު، މިތަން ޝެލްޓަރއެއްގެ ގޮތުގައި ބޭނުންކުރިއިރު، އިރެއްގެ މަތިން މަދުވެގެން 8000 މީހުންނަށް ބޭތިއްބުމުގެ ޖާގަ މިތަނުގައި ހުރެއެވެ.
ލަންޑަންގެ އެކި ސަރަހައްދުތަކުގައި މީގެ އައް ޝެލްޓަރ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ވަނީ ބިނާކޮށްފައެވެ. ނަމަވެސް އޭގެތެރެއިން މިފަދަ ތަފާތުކަމެއް ކުރާ ހަމައެކަނި ޝެލްޓަރއަކީ ކްލެޕްހޭމްގައި ހުންނަ މިތަނެވެ.