ކުޅިވަރު

ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި


މުސާރަ ނުދޭތީވެ ނިއުރޭޑިއަަންޓް ދޫކޮށްލި ކެޕްޓަން ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ސީޒަނުގެ ފަހު ބައިގައި ޓީސީ އަށް ކުޅެން ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގެ އެންމެ އިތުބާރު ފޯވަޑް ކުޅޭ ދިވެހި ފަސް ވަނަ ކުލަބެވެ.
ވެލެންސިއާ އާއި ނިއު އަދި ވީބީ އާއި މާޒިޔާ އަށް ވެސް ކުޅުނު ފޯވަޑް ޓީސީ އަށް ކުޅެ މިރޭ ސޮއިކުރީ އޭނާ އާއި ނިއުއާ ދެމެދު ހަދާފައިވާ އެއް އަހަރުގެ އަގުބޮޑު ކޮންޓްރެކްޓް އެފްއޭއެމް މެދުވެރިކޮށް ބާތިލްކުރުމަށްފަހު އެވެ. ދަގަނޑޭ އެފްއޭއެމުގައި މައްސަލަ ޖެއްސީ ކޮންޓްރެކްޓްގައި ބުނެފައިވާ ގޮތަށް މުސާރަނުދޭތީވެ ކޮންޓްރެކްޓް އުވާލައިދިނުމަށެވެ.
ހުސްވި ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅުނު ފޯވަޑް ދަގަނޑޭ ވަނީ މިދިޔަ ސީޒަނުގެ ތިން ތަށި ނިއު އަށް ހޯދައިދީ މިއަހަރުގެ މާލޭލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެދީފަ އެވެ.
ކުރިއަށް އޮތް ދިވެހި ޕްރެމިއާ ލީގަށް މުހައްމަދު ނިޒާމްގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ޓީސީ އަށް ވަރުގަދަ ކުރަން ގެންދާ ހަމައެކަނި ކުޅުންތެރިއަކީ ވެސް ދަގަނޑޭ އެވެ.