މިއީ އާފަލު ކާހިއްވާ މީހުންނަށް ހަމަގައިމުވެސް ވަރަށް ކަމުދާނެ މަފިންްއެކެވެ.
ތައްޔާރުކޮށްލަންވެސް އެހާ އުދަނގުލެއް ނުވާނެއެވެ.
ބޭނުންވާ ތަކެތި :
1 ½ ސެލްފް ރެއިސިން ފްލާ ( ބެކިން ސޯޑާ، ލޮނު އެއްކޮށްފައި ހުންނަ ފުއް )
2 ސައިސަމުސާ މުގުރި ފޮނިތޮށި
½ ޖޯޑު ބްރައުން ޝުގަރ
1 ޖޯޑު ފްރުޓް އެންޑް ނަޓް މިއުސްލީ
1 ބިސް
¼ ޖޯޑު ޒައިތޫނި ތެޔޮ
120ގ އެޕަލް ޕިއުރީ ( އާފަލުގެ ތޮށިމަށައި، އޮއްތައް ނަގާފައި ބޭނުންނަމަ މިކްސަރުން ޕިއުރީކުރެވިދާނެ )
1 ¼ ޖޯޑު ބަޓަރ މިލްކް
2 ކުޑަ އާފަލު ( ތޮށިނުމަށާ، ތުނިތުނިކޮށްކޮށާފައި )
ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ އަވަން 160 ޑިގްރީއަށް ޖައްސާށެވެ. އަދި މަފިން ޓްރޭގެ މަފިން ޓިންތަކުގެ އަޑީގައި ބެކިން ޝީޓްއާޅާށެވެ. (މީގެބަދަލުގައި ބަޓާ ކާތާފައި، ފުއްއަޅައިގެން އަޑީގައި ކޭކު ތަތްނުލަވާހެންވެސް ހެދިދާނެ )
ދެން ބޮޑު ބޯތައްޓެއްގެ ތެރެއަށް ސެލްފް ރެއިޒިން ފްލާ ފުރާނާލާށެވެ. ފުށުގެ ތެރެއަށް މުގުރި ފޮނިތޮށި، ބްރައުން ޝުގަރ އަދި މިއުސްލީއަޅާ އެއްކޮށްލާށެވެ.
ދެން ވަކިން ޖަގެއްގައި ބިސް، ތެޔޮ، އެޕަލް ޕިއުރީ އަދި ބަޓަރ މިލްސް އެއްކޮށްލާށެވެ. މިއަށްފަހު ކުރިން ފުއްއެޅި ބޯތައްޓަށް ޖަގުގައި ހެދި އެއްޗެތި އެއްކޮށްލާށެވެ. ކިރިޔަކިރިޔާ ހުރިހާ އެއްޗެއް އެއްވުމުން އެއްކުރުން ހުއްޓާލާށެވެ.
ދެން މަފިން ޓްރޭގެ ޓިންތަކަށް ވަކިވަކިން ގިރި ފުއްގަނޑު އަޅާށެވެ. ކޮންމެ މަފިންއެއްގެ މަތީގައި އާފަލު ފޮއްޗެއް ބާއްވާށެވެ. ދެން ވިހި މިނެޓު އަވަނުގައި ފިހެލާށެވެ. މިހުރީ މަފިން ފިހެވިފައެވެ. ވެނީލާ އައިސްކްރީމް ކޮޅަކާއެކު މިއީ ކާލަންވަރަށް މީރު އެއްޗެކެވެ.