ޚަބަރު

ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގު ދަށަށް


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ. ވިލާތުގެ ބާޒާރުތަކުގައިގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 75 ޑޮލަރަށް ދަށަށްގޮސްފައެވެ.

އެމެރިކާގެ ބާޒާރުގައިވެސް ތެލުގެ އަގުވަނީ ދަށަށްގޮސްފައެވެ. މި ގޮތުން ދުނިޔޭގެ ފެންވަރުގައި، ތެޔޮ ފީފާއަކުންވަނީ %0.7 ދަށަށް ގޮސްފައެވެ. ތެލުގެ އަގު ދަށަށް ގޮސްފައި މިވީ، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރާއި އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމުގެ ސަބަބުންނެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ތިން ޤައުމަކީ ރަޝިޔާ އެމެރިކާ އަދި ސައޫދީ އަރަބިޔާއެވެ. މި ތިން ޤައުމުންވެސް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައިވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްފައެވެ. ސައޫދީ އާއި ރަޝިޔާއިން ވަނީ ތެޔޮ އުފައްދާ މިންވަރާއި ތެޔޮ އެކްސްޕޯޓް ކުރާމިންވަރުވެސް އިތުރުކޮށްފައެވެ.

ދުނިޔޭގެ އުތުރުގެ ޤައުމުތަކަށް ހޫނު މޫސުން އައުމަކީވެސް ތެލުގެ ޑިމާންޑް ދަށަށް ދިޔަ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ތެލުގެ ސަޕްލައި އިތުރުވެފައިވާ މި ދުވަސްވަރު ޑިމާންޑްދަށްވުމަކީ ތެލުގެ އަގު ދަށަށް ދާނެކަމެއް ކަމަށާއި މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްވެސް ތެލުގެ އަގު ދަށަށްދާނެކަމަށް އަންދާޒާ ކުރެވޭކަމަށް ތެލާބެހޭ ދިރާސާތައްކުރާ އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓުން ބުނެއެވެ.