ދުނިޔެ

ދެކުނު އެމެރިކާގައި ޔޫރަޕަށް ކުރި ލިބޭނެކަން މިރޭގެ ފައިނަލުން ފެނިގެންދާނެ





 


ދެކުނު އެމެރިކާގައި ޔޫރަޕަށް ކުރި ލިބޭނެ ކަން މިރޭގެ ފައިނަލުން ފެނިގެންދާނެ ކަމަށް ޖަރުމަނުގެ ކޯޗް ޖޯޚިމް ލޯ ބުނެފިއެވެ.


 
ލޯ ބުނީ ޖަރުމަނަށް ވަރލްޑްކަޕްގެ ތަށި ނުލިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިރޭ މީ އެތާރީޚް އަލުން ލިޔަން ޖެހޭ ރޭ ކަމަށެވެ. ފައިނަލްގައި އާޖެންޓީނާއާ ވާދަކުރާއިރު މިދެޤައުމު ވަނީ މީގެ ކުރިން ވަރލްޑްކަޕްގެ ދެފައިނަލެއްގައި ވާދަކޮށްފައެވެ. އެއްފަހަރު އާޖެންޓީނާއަށް ކުރިލިބުނު އިރު އަނެއް ފަހަރު ކުރިލިބުނީ ޖަރުމަނަށެވެ. ޖަރުމަން ތިން ފަހަރު ވަރލްޑްކަޕްގެ ތަށި އުފުލާލާފައިވާއިރު އާޖެންޓީނާއަށް ވަރލްޑްކަޕް ހޯދިފައިވަނީ ދެފަހަރުއެވެ.


 
 


ބްރެޒިލް ބޮޑު ތަފާތަކުން ބަލިކޮށް ފައިނަލަށް ޖަރުމަނު ދިޔައިރު އެމެޗާ ދެތޭރޭ އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށް ޖަރުމަނުގެ ކޯޗް ލޯ ބުނެއެވެ. އަދި މިރޭ އަނެއްކާވެސް ތާރީޚްގައި އާކަންކަން ލިޔެވޭނެ ކަމަށްވެސް ލޯ ވަނީ ބުނެފައެވެ. ނެދަރލެންޑްސް ބަލިކޮށް ފައިނަލުން ޖާގަ ހޯދި އާޖެންޓީނާގެ ކޯޗް ސަބެއްލާ ބުނީ އާޖެންޓީނާގެ ފަރާތުން ތަފާތުތަކެއް ނުފެންނާނެ ކަމަށާއި، ކުރީގެ މެޗްތަކެކޭ އެއްގޮތައް އާޖެންޓީނާ ބަލާނީ ހަމަޖެހިގެން ކުޅެން ކަމަށެވެ. އަދި އާޖެންޓީނާއަކީ ފެވަރިޓުންގެ ގޮތުގައި ފައިނަލަށް އައި ބައެއް ނޫން ކަމަށްވެސް ސަބެއްލާ ބުނެއެވެ. ވަރލްޑް ކަޕް ދެހާސް ސާދައިގެ ފައިނަލްގައި ޖަރުމަނާ އާޖެންޓީނާ ވާދަކުރާ މިމެޗް ފަށާނީ މިރޭ ބާރަ ޖަހާއިރުއެވެ.