ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްދާ އާޖެންޓިނާ ޓީމުގެ ފޯވަޑް ލައިނުން ކެޕްޓަން ލަޔޮނަލް މެސީ އާއި، ސާޖިއޯ އަގުއެރޯ އަދި ޕައުލޯ ދީބާލާ އާއި ގޮންޒާލޯ ހިގުއައިން އަށް ޖާގަ ދީފިއެވެ.
ކުރިން ބެލެވިފައި އޮތީ މެސީއާ އެއް ސްޓައިލަކަށް ކުޅޭތީ އާއި އަދި އޭނާއެކު ޤައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ނުދެއްކޭތީ ޔުވެންޓަސްގެ ޒުވާން ފޯވަޑް ދީބާލާ އަށް ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް އޭނާ ޓީމުގައި ހިމަނައި ޓީމުން ޖާގަ ދީފައިނުވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ ގޯލު ޖެހި އިންޓަމިލާނުގެ ކެޕްޓަން މައުރޯ އިކާޑީއަށެވެ.
މިކަމާހެދި އިކާޑީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ މިވީހާ ދުވަހު ކުރި މަސައްކަތް ބޭކާރު ކަމަކަށްވީ އެއްވެސް ސަބަބެއްނެތި ކަމަށެވެ.
ޖޯޖް ސަމްޕޯލީ ނެގި ޓީމުގައި ޕްރެމިއާ ލީގުގެ ފަސް ކުޅުންތެރިން ހިމެނެއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުގެ ބަދަލު ކީޕަރު ސާޖިއޯ ރޮމޭރޯ އާއި މާކޯސް ރޯހޯ އަދި މެންޗެސްޓާ ސިޓީގެ އަގުއެރޯ އާއި ނިކޮލަސް އޮޓަމެންޑީ އާއި ވެސްޓްހޭމްގެ މެނުއަލް ލަންޒީނީއެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ އައިސްލޭންޑާއި ކްރޮއޭޝިޔާ އަދި ނައިޖީރިއާއާ އެވެ.
އާޖެންޓީނާ ސްކޮޑް:
ކީޕަރުން: ސާޖިއޯ ރޮމޭރޯ (މެންޗެސްޓާ ޔުނައިޓެޑް)، ވިލީ ކަބަޔޭރޯ (ޗެލްސީ)، ފްރޭންކޯ އަރްމާނީ (ރިވަޕްލޭޓް)
ޑިފެންޑަރުން: ގަބްރިއަލް މާކަޑޯ (ސެވިއްޔާ)، ފެޑެރިކޯ ފާޒިއޯ (ރޯމާ)، ނިކޮލަސް އޮޓަމެންޑީ (މެންޗެސްޓާ ސިޓީ)، މާކޯސް ރޯހޯ (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް ޓަގްލަފީކޯ (އަޔެކްސް)، ހާވިއާ މަޝެރާނޯ (ހަބައި ފޯޓުން)، މާކޯސް އަކޫނާ (ސްޕޯޓިން ލިޒްބަން)، ކްރިސްޓިއަން އަންސަލްޑީ (ޓޯރިނޯ).
މިޑްފީލްޑަރުން: އެވާ ބެނެގާ (ސެވިއްޔާ)، ލޫކަސް ބިގްލިއާ (އޭސީ މިލާން)، އެންހެން ޑިމާރިއާ، ޖިއޮވާނީ ލޮސެލްސޯ (ޕީއެސްޖީ)، މެނުއަލް ލަންޒީނީ (ވެސްޓްހޭމް) ކްރިސްޓިއަން ޕާވޮން (ބޮކާ ޖޫނިއާސް)، މަސިމިލާނޯ މެޒާ (އިންޑިޕެންޑިއެންޓޭ)، އެޑުއާޑޯ ސިލްވިއޯ (ބެންފީކާ)
ފޯވަޑުން: ލަޔޮނަލް މެސީ (ބާސެލޯނާ)، ގޮންޒާލޯ ހިގުއައިން، ޕައުލޯ ދީބާލާ (ޔުވެންޓަސް)، ސާޖިއޯ އަގުއެރޯ (މެންޗެސްޓާ ސިޓީ)
ވަންޑޮލާ
އަޒުމީނޫ... ދީބާލާ އޭ؟ ހެހެ ފަނީ. ޑިބާލާ އެއްނޫންތަ؟ ދެން ކޮންމެ ކޮންމެ ނަމެއް ދިވެހި ކުރަން އުޅުނަކަސް ދޯ... ހެ ހެ ސްޓިލް ފަނީ