ކާނާ

ރެސިޕީ: ތަވާ ފިޝް


މަހުގެ ބާވަތްތަކަކީ ދިވެހިންގެ ސުފުރާމަތި ފުރިހަމަ ކުރުމަށް އެއެއްޗަކާ ނުލައި ނުފުދޭނެ އެއްޗެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. "ތަވާ ފިޝް"އަކީ ތައްޔާރުކޮށްލަން ފަސޭހަ، ދިވެހިންނަށް ކަމުދާނެ އެއްޗެކަށްވާނެކަން ޔަގީނެވެ. އެއީ ހާރުދަމަށްވިޔަސް، ރޯދަ ވީއްލުމަށް ވިޔަސް މިއީ ވަރަށް ކަމުދާނެ ޑިޝްއެކެވެ.

ބޭނުންވާނެ ތަކެތި:
500 ގްރާމް މަސް (ޓޫނާ ސްޓޭކް / ނޫނީ ބޭނުން ވައްތަރެއްގެ މަހުގެ ސްޓޭކް)
2 މޭޒުމަޓީ ސަމްސާ ޗިލީ ފްލޭކްސް
¼ މޭޒުމަތީ ސަމްސާ ރީނދޫ
ދިރި (މުގުރި ¼ ސައިސަމްސާ)
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
ކޮރިއަންޑާ (ޑުރައިކޮށްފައިހުރި)
1 މޭޒުމަތީ ސަމްސާ ލޮނުމިރުސް ހަވާދު
2 މޭޒުމަތީ ސަމްސާ ޖިންޖަރ - ގާލިކް ޕޭސްޓް
½ މޭޒުމަތީ ސަމްސާ ލޮނު
4 މޭޒުމަތީ ސަމްސާ ގްރާމް ފުށް
2 މޭޒުމަތީ ސަމްސާ ފެން

ތައްޔާރުކުރާނެ ގޮތް :
ބޮޑު ބޯތައްޓެއްގައި ޗިލީ ފްލޭކްސް، ރީނދޫ، ދިރި، ލުނބޯ ހުތް، ލޮނުމިރުސް ހަވާދު، ޖިންޖަރ - ގާލިކް ޕޭސްޓް، ލޮނު، ފުއް، ފެން، ކޮރިއަންޑާ މިކްސްކޮށްލާށެވެ.
އެއްކުރި ތަކެތީގެތެރެއަށް މަސްކޮޅުލައި 1 ގަނޑިއިރު ވަންދެން މެރިނޭޓްކޮށްލަން ފްރިޖަށްލާށެވެ. ދެން ތާހެއްގައި ކުޑަ ތެޔޮކޮޅެއްއަޅާލުމަށްފަހު ހޫނުވުމުން މަސްތައް އަޅައި ފިހެލާށެވެ. މިހާރު ހުންނާނީ ތަވާ ފިޝް ތައްޔާރުވެފައެވެ. ދެން ބޭނުން އެއްޗަކާއެކު ކާންވީއެވެ.