ދުނިޔެ

އެމެރިކާގެ ސަރުކާރުން ބޭނުންވަނީ އެމެރިކާގެ ފައުޖުތައް ސޫރިޔާއިން ބާލަން - ޓްރަމްޕް


އެމެރިކާގެ ސަރުކާރުން ބޭނުންވަނީ އެޤައުމުގެ އަސްކަރީ ފައުޖުތައް ސޫރިޔާއިން ބޭލުމަށްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތް ނައްތާލެވެންދެން އެމެރިކާއިން ދޫ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ފައުޖުތައް ސޫރިޔާއިން ދާދި އަވަހަށް ބާލާނެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ މިހާރު އެވަގުތު ޖެހިއްޖެ ކަމަށެވެ. ސޫރިޔާގައި އައިއެސްއާއި ދެކޮޅަށް އެމެރިކާއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށާ ނަމަވެސް އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ގެންނަންވީ ވަގުތު ޖެހިއްޖެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސޫރިޔާގައި އެމެރިކާގެ 200 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދެއެވެ. އަދި އެމެރިކާގެ ސިފައިން ދަނީ ސޫރިޔާގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާދެމުންކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާގެ ރައީސް މިހެން ވިދާޅުވި ނަމަވެސް ސޫރިޔާގައި އައިއެސްއާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ އަދި ނިމުމަކަށް ނާންނަ ކަމަށް އެޤައުމުގެ ސަލާމަތީ ކަންކަމާ ބެހޭ މުޝީރުން ބުނެފައިވެއެވެ. އަދި ސޫރިޔާގައި އެމެރިކާއިން ޙަރަކާތްތެރިވަމުން ދަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށާ މި ހަނގުރާމަ އަދި ނުނިމޭ ކަމަށް މުޝީރުން ބުނެއެވެ.