ދުނިޔެ

ތުރުކީވިލާތުގައި ކުރަމުންދިޔަ މުޒާހަރާއެއްގައި ވަރުގަދަ ކުރިމަތިލުންތަކެއް





 


ތުރުކީވިލާތުގެ އިރުދެކުނުގެ ސަރަހައްދެއްގައި ކުރަމުންދިޔަ މުޒާހަރާއެއްގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.


 

 
މިކުރިމަތިލުންތައް ހިނގާފައިވަނީ އެއްވި މީހުންނާ ތުރުކީވިލާތުގެ ފުލުހުންނާ ދެމެދު ކަމަށް ޚަބަރު ލިބެއެވެ. އެސަރަހައްދުގައި މިމުޒާހަރާތައް ކޮށްފައިވަނީ ތުރުކީވިލާތުގެ ކުރުދީން އުޅޭ ހިސާބެއްގައި ހޮނިހިރު ދުވަހު ކުރި މުޒާހަރާތަކެއްގައި 2 މީހުން މަރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއްޔެ މުޒާހަރާތަކުގައި ތުރުކީވިލާތުގެ ފުލުހުންވަނީ އެއްވެ ތިބި މީހުންނާ ދިމާލާ ކަރުނަ ގޭހާ ފެންބަޑި ޖަހާ ހަދާފައެވެ.


 

 
 


ތުރުކީވިލާތުގައި އިތުރު މުޒާހަރާތައް ކުރުމަކީ އެކަށިގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.