މާލެއަށް ދިމާވެފައިވާ ޕާކް ކުރުމަށް ޙައްލެއް ހޯދުމަށްޓަކައި ހީނާމާގެ ހުރި ތަނުގައި ސައިކަލު ޕާކިން ފެސިލިޓީއެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ ހީނާމާގެ ހުރި ސަރަޙައްދަކީ ޖާގަ ނުލިބުމުގެ ސަބަބުން ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ސައިކަލު ޕާކު ކުރާ ސަރަޙައްދެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދެއް ކަމަށާއި އެހެން ކަމުން ހީނާމާގޭ ހުރިތަނުގައި ހަދާ ޕާކިން ފެސިލިޓީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށެވެ.
ޝަމާއު ވިދާޅުވީ މާލޭގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ތަތް ކުރުމުގެ ކަންކަން ވަރަށް ބާރަށް ފަށާފައިވާ ކަމަށާއި މަގުމަތީގައި ޕެލެޓްތައް ބަހައްޓާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައިވެސް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.